މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަގެ ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރައްވައިފި

10 މެއި 2024      7 months ago


މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަގެ ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އިބުރާހީމް ފާއިދު ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ކައުންސިލްގެ މީޓިންރޫމްގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން ކަމުގައިވާ ޢަލީ ޝަމީމް އާއި މުޙައްމަދު ފައިސަލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުން ފެށުމުގެ ގޮތުން ޑެޕިއުޓީ މިނިސްޓަރގެ ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ މި ބައްދަލުވުމުގެ ބޭނުމަކީ  އަތޮޅު ތެރޭގައި މިނިސްޓްރީއިން ފަށާފައިވާ ޕްރޮޖެކްޓްތައް މޮނީޓަރ ކުރުމާއި އަދި ޚާއްސަކޮށް މުލަކު ދާއިރާގެ ރަށްތަކުގައި ފެށިފައިވާ ޕްރޮޖެކްޓްތައް ހިންގުމަށް ދިމާވެފައިވާ ދަތިކަށް ދެނެގަތުމަށާއި އެކަންކަށް ޙައްލުކުރާނެ ގޮތަކާއި މެދު މަޝްވަރާ ކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި ކޮޅުފުށީ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށާއި، ކައުންސިލްގެ ފްޓްސަލް ދަނޑުމަރާމާތު ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ރަށުގައި އިޖުތިމާއީ މަރުކަޒެއް ނެތުމުގެ ސަބަބުން ދަތިތަކާކުރިމަތިލާން ޖެހޭކަމަށް ކައުންސިލުން ފާހަގަކޮށް އެކަމާއި މެދު ވަނީ މަޝްވަރާކުރެވިފެވެ.