މ.ކޮޅުފުށީ ފުޓްސަލް ދަނޑުގައި ފެންސުޖެހުމެގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި މިއަދު (24.10.2021، އާދިއްތަ) ސޮއި ކޮށްފިއެވެ. މިމަސައްކަތް ކުރުމަށް ހަވާލުކުރެވުނީ ބެސްޓް ބްރަދާސް ހެއަރ ސެލޫނާއެވެ. ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަބްދުލް އަލީމެވެ. އަދި ބެސްޓް ބްރަދާސް ހެއަރ ސެލޫންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ބެސްޓް ބްރަދާރސް ހެއަރ ސެލޫންގެ ޕްރޮޕަރޭޓަރ އިބްރާޙީމް އަޝްރަފްއެވެ.
ޖުމުލަ 29,950.00 (ނަވާވީސް ހާސް ނުވަ ސަތޭކަ ފަންސާސް) ރުފިޔާގެ މިޕްރޮޖެކްޓް ބެސްޓްބްރަދާސް ހެއަރ ސެލޫނާއި ހަވާލުކުރެވުނީ 06 (ހައެއް) ދުވަސް ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށެވެ. މިޕްރޮކެޖްޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފުޓްސެލް ދަނޑުގެ ދެކުނު ފަރާތުގެ ފެންސަށް ބައެއް އިތުރުކޮށް ފެންސު އުސްކުރުމުގެ މަސައްކަތެވެ.