މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ކައުންސިލާއި މ. އަތޮޅު މަދަރުސާ ގުޅިގެން ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަކޮށްފި!

5 ޖޫން 2024      3 months ago


ކޮޅުފުށީ ކައުންސިލާއި މ. އަތޮޅު މަދަރުސާ ގުޅިގެން ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަކޮށްފި!

ކޮޅުފުށީ ކައުންސިލާއި މ. އަތޮޅު މަދަރުސާ ގުޅިގެން މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަކޮށްފިއެވެ. ދުވަހުގެ މުނާސަބާގައި މ. ކޮޅުފުށީ ކުޅީސަރަހައްދުގައި ސަތޭކައަށްވުރެ ގިނަ ދޮންރުއް ވަނީ އިންދާފައެވެ. މި ހަރަކާތުގައި ކޮޅުފުށީ ކައުންސިލްގެ ނާއިބުރައީސް މެންބަރުންގެ އިތުރުން އ.ތ.މ. ކޮމެޓީ ގެ މެންބަރުން، ކައުންސިލްގެ މުވައްޒަފުންގެ އިތުރުން މ. އަތޮޅު މަދަރުސާގެ ގިނައަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި އަހަރުގެ ތިމާވެށިގެ ދުވަހާ ގުޅުވައިގެން ގެންދެވުނު ރުއްއިންދުމުގެ ޕްރޮގްރާމަކީ ދިވެހި ރާއްޖޭގެ ރައީސްސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގުރާމާއި ކޮޅުފުށީ ކައުންސިލްގެ ތަރައްގީގެ ޕްލޭނުގައި ހިމެނޭ ދެހާސް ރުއް އިންދުމުގެ ޕްރޮގުރާމާ ގުޅުވައިގެންނެވެ.