މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ކައުންސިލުން ތަރައްޤީކޮށްފައިވާ މަސްކަނޑާ އަށިތައް ހުޅުވައިފި

9 ޖޫން 2024      4 months ago

ކޮޅުފުށީ ކައުންސިލުން ތަރައްޤީކޮށްފައިވާ މަސްކަނޑާ އަށިތައް ހުޅުވައިފި

ކޮޅުފުށީ ކައުންސިލުން މަސްވެރިންނަށް އަމާޒުކޮށް ކޮޅުފުށީ ބަދަނރު ސަރަހައްދުގައި ތަރައްޤީކޮށްފައިވާ މަސްކަނޑާއަށިތައް ހުޅުވައިފިއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ކުރިއަށްގެންދެވުނު މިހަރަކާތުގައި މަސްކަނޑާއަށިތައް ހުޅުވައިދެއްވީ މަސްވެރިންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ރަށުގެ އިސްރަށްވެހިންނެވެ. މަސްކަނޑާއަށިތައް ހުޅުވުގެ ރަސްމިއްޔާތުގައި އިސްރަށްވެހިން ފާހަގަ ކުރެއްވި ގޮތުގައި މި ފަދަ ތަނެއް ރަށުގައި ޤާއިމުވެގެންދިއުމަކީ، ރަށުގެ މަސްވެރިންނަށް މަސްކެނޑުމުގައި ފަސޭހަވެގެންދާނެ ކަމެއްކަމުގައެވެ.

ބަދަނރު ސަރައްދުގައި ޤާއިމު ކުރެވިފައިވާ މަސްކަނޑާއަށިތައް ފަރުމާކުރެވިފައިވަނީ އެއްވަގުތެއްގައި ބާރަ މަސްވެރިންނަށް މަސްކެނޑޭނެގޮތަށެވެ. އަދި މީގެ އިތުރުން މަސްކަނޑާ އަށީގައި މަސްވެރިންނަށް ފެންވެރޭނެ ނިޒާމެއްޤާއިމު ކުރެވިފައިވެއެވެ.  