މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

އަންހެނުންނަށް އަމާޒުކޮށްގެން ހިންގުނު އިލެކްޓްރިކަލް މެއިންޓަނެންސް ވޯކްޝޮޕް ކާމިޔާބު ކަމާއެކީ ނިންމާލައިފި

23 ޖުލައި 2024      4 months ago


އަންހެނުންނަށް އަމާޒުކޮށްގެން ހިންގުނު އިލެކްޓްރިކަލް މެއިންޓަނެންސް ވޯކްޝޮޕް ކާމިޔާބު ކަމާއެކީ ނިންމާލައިފި

މިނިސްޓްރީ އޮފް ހަޔަރ އެޑީޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕް މެންޓާ މ. ކޮޅުފުށީ ކައުންސިލް ގުޅިގެން، އަންހެނުންނަށް އަމާޒު ކޮށްގެންހިންގުނު އިލެކްޓްރިކަލް މެއިންޓަނެންސް ވޯކްޝޮޕް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ހިންގުނު މި ވޯކްޝޮޕް ނިންމާ ސަތާރަ ބައިވެރިން ވަނީ ސެޓްފިކެޓް ޙާސިލް ކުރައްވާފައެވެ.

ވޯކް ސޮޕް ނިންމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކައުންސިލްގެ ރަޢީސް ވިދާޅުވީ ރަށުގައި މި ހިންގުނު ވޯކްޝޮޕަކީ އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުން ދާ މަސައްކަތަށް އިތުރުވި ބޮޅެއްކަމަށެވެ. އަދި މި ވޯކް ސޮޕްގެ ސަބަބުން ގޭ ތެރޭގައި ދިމާވާ ކަރަންޓްގެ ކުދިކުދި މައްސަލަތައް ޙައްލު ކޮންލުމަށް އަންހެން ކުދިން އަޙުލުވެރި ވެގެންދާނެކަމަށެވެ. އަދި މީގެ އިތުރުން މީހުން ބިނާ ކުރުމަކީ ކައުންސިލުން ޚާއްޞަ އިސްކަމެއްދީގެން ކުރިއަށްގެންދާ ކަމެއްކަމަށާއި މިފަދަ އިތުރު ފުރުޞަތުތައް ރަށުގެ ފަރުދުންނަށް ހޯދަދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.