މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މިނިސްޓްރީ އޮފް ޓޫރިޒަމުން މުލަކަތޮޅު ކޮޅުފުށީ ކައުންސިލާއި ވާޗުއަލްކޮށް ބައްދަލު ކުރައްވައިފި

15 ޖުލައި 2021      2 years ago


މިނިސްޓްރީ އޮފް ޓޫރިޒަމުން މުލަކަތޮޅު ކޮޅުފުށީ ކައުންސިލާއި ވާޗުއަލްކޮށް ބައްދަލު ކުރައްވައިފި

މިނިސްޓްރީ އޮފް ޓޫރިޒަމުން މުލަކަތޮޅު ކޮޅުފުށީ ކައުންސިލާއި ވަރޗުއަލްކޮށް ބައްދަލުވުމެއް ބާއްވައިފިއެވެ. ކައުންސިލުގެ އެދިލެއްވުމުގެމަތިން ބޭއްވެވި މިބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ކައުންސިލުގެ ހުރި ކަންބޮޑުވުންތައް މިނިސްޓްރީ އަށް ހިއްސާ ކުރުމާށާއި، މ.އަތޮޅުގައި ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވާރާކުރުމެވެ.

މިއަދުގެ މި ބައްދަލުވުމުގައި ކައުންސިލުގެ ރައީސް ޢަބްދުލް ޢަލީމް ވަނީ މ.އަތޮޅުގައި ޓޫރިޒަމް އިތުރަށް ފުޅާކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މިނިސްޓްރީ އާއި މަޝްވަރާކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި މ.ކޮޅުފުށްޓާއި ޖެހިގެން އޮންނަ މ.ދިއްތުނޑީގައި ގެސްޓްހައުސް ކޮންސެޕްޓް އުޞޫލަށް ތަރައްޤީ ކުރުމަށް ކުރެވެންހުރި ކަންތައްތަކާއި، މިނިސްޓްރީގެ ފަރާތުން އެކަމުގައި ވެދެވެންހުރި އެއްބާރުލެއްވުމާއި އެހީތެރިކަމަށް އެދިވަޑައިގަތެވެ. އަދި މ.ކޮޅުފުށްޓާއި އެއްފަޅެއްގެ ތެރެއިން ރިސޯޓް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ މައްސަލަ އަވަސްކޮށްދެއްވުމަށާއި، ރިސޯޓްގެ ގޮތުގައި ތަރައްޤީ ކުރެވޭނެފަދަ ޤުދުރަތީ ވެއްޓެއް ލިބިފައިވާ ރަށްތައް ޓޫރިޒަމް ފުޅާކުރުމަށް ދޫކޮށްދެއްވުމަށް އެދިލައްވާފައިވެއެވެ.

ކައުންސިލުގެ ރައީސްގެ ވާހަކަފުޅަށް ރިޢާޔަތްކުރައްވާ އުންމީދުން ފުރިގެންވާ ބަސްކޮޅުތަކެއް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި ކައުންސިލަށް ވަނީ ލިބިގެންގޮސްފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލުގެ ރައީސްގެ އަރިހުގައި ކައުންސިލް މެންބަރުން ބައިވެރިވެލެއްވިއެވެ.